އަންނަ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފާހަކޮށްލެވޭ މުބާރާތެކެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ރަސްކަމަށް އައުމަށް ޔޫރަޕްގެ ހުރިހާ ޓީމަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން ޔޫރަޕްގެ ބޮޑެތި ޓީމުތަކެކޭ އެއްގޮތަށް ކުދި ޓީމުތަކުންވެސް މި މުބާރާތަށް ވަމުންދާ ތައްޔާރީތަށް ވަރަށް ގިނައެވެ. މިގޮތުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހަންގޭރީ އިން ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޔޫރޯ ކުޅެފައިވާ ހަންގޭރީ ޓީމު މިފަހަރު މި ނިކުންނަނީ އެ ޓީމުގެ ފަސްވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. 1964 ވަނަ އަހަރު ސްޕެއިންގައި ބޭއްވި…